އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ރީނިއުވަބަލް އެނަރޖީ ތަރައްޤީ ކުރުމާ ގުޅޭގޮތުން ވަޒީރު ޠާރިޤު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އިސްފަރާތްތަކާއިއެކު މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ.) ގެ ރީޖަނަލް ހެޑް، މިސްޓަރ ތިއާމް ހީ ންގް އަދި ސީނިއަރ އިކޮނޮމިސްޓް، މިސް އެލިސަބެތާ ޖެންޓިލްއާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮފީހުގައެވެ.

ވަޒީރު ޠާރިޤު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އިސްފަރާތްތަކާއިއެކު މަޝްވަރާކުރެއްވުން

މި ބައްދަލުވުމުގައި، އޭ.ޑީ.ބީ.ގެ ހިލޭ އެހީގެ ދަށުން މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. ބޮޑަށް މަޝްވަރާކުރެވުނީ އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނެވެ.

ވަޒީރު ޠާރިޤު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އިސްފަރާތްތަކާއިއެކު މަޝްވަރާކުރެއްވުން

ޚާއްސަކޮށް، ރާއްޖެއަށް އާ ބާރުގެ ހަކަތަ (ރީނިއުވަބަލް އެނަރޖީ) ތަރައްޤީ ކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވުނެވެ. މި މަޝްވަރާތަކުން ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް