- Advertisement -spot_img

ލިޔުންތެރިންނަކީ ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ޤުރުބާންވާ ބައެއް: މެޑަމް ސާޖިދާ

ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ، ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލިޔުންތެރިންނަށް އަރިސް ކުރަށްވާފައެވެ. މެޑަމް ސާޖިދާގެ ޕޯސްޓުގައި ދިވެހި ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ، މި ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ ”ލިޔާށެވެ. މަގުދައްކާށެވެ.“ މިއެވެ.

ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެނީ، ”އަލް އިޞްލާހު“ ގެ ނަމުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މަޖައްލާއެއް ނެރެން ފެށި ދުވަހުގެ މުނާސަބަތުގައެވެ. ދުވަހުގެ މުނާސަބަތުގައި، މެޑަމްގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދިވެހި ލިޔުންތެރިންނަށް ނުހަނު އަގުހުރި، ޢިބްރަތްތެރި ދަރުސްތަތަކުން ފުރިގެންވާ ޚިޠާބެއް ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް