ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ދަންޑަހެލު ކަޕް 2025: މިދުހަތުގެ ދެގޯލާއިއެކު ސިލްވަރ ޔުނައިޓެޑްގެ ފެށުން ރަނގަޅުކޮށްފި

‎ދަންޑަހެލު ކަޕް 2025 ގައި އިއްޔެ ހަވީރު ކުޅެވުނު، މި މުބާރާތުގެ ދެވަނަ މެޗުގައި ފަސޭހަކަމާއިއެކު ސިލްވާ  ޔުނައިޓެޑުން ވޯރިޔާސް 3-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.

‎މިމެޗުގެ ފުރަތަމަ ގޯލު ޖަހައިދީ ލީޑުނަގައިދިނީ ސިލްވާ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 16 އަބްދުالله މިދުހަތު ފަހުމީއެވެ.  މީގެ އިތުރުން މެޗުގެ 2 ވަނަ ގޯލް 42 ވަނަ މިނެޓްގައި ޖަހާފައިވަނީވެސް މިދުހަތެވެ. ‎ދެވަނަ ހާފުގައި ވޯރިޔާސް އިން ކުޅުން ރަގަޅުކުރި ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ސިލްވަރ ޔުނައިޓެޑްގެ  ޖާޒީ ނަންބަރު 98 އަލީ ނަޒްމީ ވަނީ  މެޗުގެ  3  ވަނަ  ލަނޑު  ކާމިޔާބުކޮށް  މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްދީފައެވެ. 

ސިލްވާ ޔުނައިޓެޑާއި ވޯރިޔާސް ބައްދަލުކުރި މެޗުގެތެރެއިން

‎މި މެޗުގެ މޮޅުކުޅުންތެރޔާގެ މަޤާމަށް ހޮވިފައިވަނީ ސިލްވާރ ޔުނައިޓެޑްގެ ދެ  ގޯލް ކާމިޔާބު ކުރި މިދުހަތެވެ.

‎މި މެޗުގެ މޮޅުކުޅުންތެރޔާގެ މަޤާމު ހޯދ ސިލްވާރ  ޔުނައިޓެޑްގެ  މިދުހަތު

މިއަދުވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދުގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޑާރކްޕާރކް އަދި ސިލްވަރ ޔުނައިޓެޑްއެވެ. މިފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

ގުޅުންހުރި ލިޔުންތައް