ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޖޮޓާގެ ހަނދާނުގައި ލިވަޕޫލުން މީގެފަހުން 20 ނަމްބަރު ޖޯޒީ ބޭނުންނުކުރަން ނިންމައިފި

ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ 28 އަހަރުގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ، މަރުވިއިރު، އޭނާގެ ހަނދާނުގައި، ލިވަޕޫލުން 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުކުރަން ނިންމައިފި އެވެ.

ލިވަޕޫލުން ބުނީ، އެ ކްލަބަށް ޖޮޓާ ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމަށް ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށެވެ. އެ ގޮތުން، 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުކުރާނެ ކަމަށެވެ.

ކާރު އެކްސިޑެންޓުގައި މަރުވި، ޖޮޓާގެ ކޮއްކޮ، އަންޑްރޭ، 24 އަކީ ޕޯޗުގަލް ދެ ވަނަ ޑިވިޝަނުގައި، ޕެނަފިއޭލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ޖޮޓާ އަކީ މިދިޔަ މަހު، ޕޯޗުގަލް ގައުމީ ޓީމާ އެކު، ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި ޓީމުގެ ވެސް ކުޅުންތެރިއެކެވެ. އަދި، ޕޯޗުގަލް އިން 2019 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކުރިއިރު ވެސް ޖޮޓާ ވަނީ އެ ޓީމަށް ކުޅެފައެވެ.

ގުޅުންހުރި ލިޔުންތައް