އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރާއްޖޭގައި އެންމެ މެންބަރުން ގިނަ ކޮންގްރެސް ޕާޓީގައި 68،000 ވުރެ ގިނަ މެންބަރުން

ދަފްތަރު އަދާހަމަކޮށް ކޮމިޝަނުން މިއަދު ޢާންމުކުރި ލިސްޓްގައި ވާގޮތުން އެންމެ މެންބަރުން ގިނައީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގަ އެވެ.

އެ ޕާޓީގައި 68،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީއާ އެންމެ ގާތް ކުރާ އަދަދަކަށް މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި 43،000 މެންބަރުންނެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީ ގައި 13،456 މެންބަރުން ތިބިއިރު، އެމްޑީއޭ ގައި ތިބީ 9،011 މެންބަރުނެވެ. އަދި އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 8،844 އަށްރާއިރު  އެމްއެންޕީ ގައި ތިބީ 5،836 މެންބަރުންނެވެ. ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުރެގެން އުފެއްދި ދަ ޑިމޮކްރެޓްސް ގައި 3،547 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް ގައި 3،046 މެންބަރުން ބިތިއިރު، އަދީބު އިސްވެގެން އުފައްދާފައިވާ  އެމްޓީޑީގައި ތިބީ 2،272 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ޕާޓީއެއް އޮތްއިރު ކޮންގްރެސް ޕާޓީގެ ޒަޢާމަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި އެ ޕާޓީގައި ތިބީ 3،000 މެންބަރުންނެވެ. ނަމަވެސް ދޮޅު އަހަރުތެރޭ މެންބަރުންގެ އަދަދު މި ވަނީ 70،000އާ ގާތަށް ގެންދަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް