އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ ހިއްސާދާރު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭހެން އެކުލަވާލާފައިވާ އިބަމަ ސްޓޭކްހޯލަޑަރ ކޮމިޓީއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިމުއައްސަސާތައް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.



