އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރ. އަތޮޅުގައި ކުރާ އާރްޓީއެލް ފެރީގެ ދަތުރުތަކަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އަގު ނަގާނެ

މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީން ރ. އަތޮޅުގައި ކުރާ ދަތުރުތަކަށް އަގު ނަގަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގެ ރޫޓްތަކުން މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އަގު ނަގާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް ކަމަށެވެ.

ދަތުރުކުރުމަށް ޓިކެޓް ގަތުމަށް އެމްޓީސީސީން ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މިގޮތުން މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް އާރްޓީއެލް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރު ކުރުމަށް ޓިކެޓް ގަނެވޭނެއެވެ.

އަދި ހިލޭ ދަތުރު ކުރެވޭ މުއްދަތު މާދަމާ ހަމަވުމާއެކު ރަށު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓައިލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އަދި އެދުވަހުން ފެށިގެން މިމަހުގެ 2 އާއި ހަމައަށް އެ ފެރީން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ކުރިން ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް