- Advertisement -spot_img

ދިވެހިރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާ ޚާދިމުންނަކީ މުދައްރިސުން: ވަޒީރު އާދަމް ޝަރީފު

ދިވެހިރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާ ޚާދިމުންނަކީ މުދައްރިސުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މުދައްރިސުންނަށް ޓަކައި ޤައުމު ފަޚުރުވެރިވާކަމަށް ވިދާޅުވިއެވެ. އަދި މުދައްރިސުންނަށް ޓަކައި ދަރާފައިވާ ދަރަނި ވެސް އެހައިމެ ބޮޑު ކަމަށް ވިދާޅުވިއެވެ.

”ދަރިވަރުންނަށް އުނގަންނައިދިނުމާއި، ތަރުބިއްޔަތު ކުރުމުގައި ދަރިވަރުންގެ އަމިއްލަ ނަފުސަށް އިތުބާރު ކުރާނެ ގޮތަކަށް އަބަދުވެސް ދަރިވަރުންނާ މުޢާމަލާތު ކުރުމަށް މުދައްރިސުން ސަމާލުވާންޖެހޭ. ދަރިވަރުންނަށް ދެވޭ ފީޑްބެކްގެ ސަބަބުން ނުވަތަ ދަރިވަރުންނަށް ދެވޭ ހިތްވަރުގެ ބަހަކުން އެ ދަރިވަރުގެ މުޅި މުސްތަޤުބަލު އުޖާލާކުރުވާނެ އަޒުމުތައް އެ ދަރިވަރުން އެކަށައަޅައި“ ވަޒީރު ވިދާޅުވިއެވެ.

ރޭ ބޭއްވި ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މުދައްރިސިކަށް ކުރެވޭ ކުޑަކުޑަ ކަމަކުން ނުވަތަ ބުނެލެވޭ ކަސިޔާރު ބަހަކުން ވެސް ދަރިވަރެއްގެ މުޅި މުސްތަޤުބަލު ޚަރާބުގެން ހިނގައިދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް