- Advertisement -spot_img

ޑިމޮކުރަސީ ދެމެހެއްޓުމަށާއި ރަނގަޅު ވެރިކަމެއް ކުރިއެރުވުމަށް ގާނޫނު ހަދާ މަޖިލިސް މުހިންމު: ރައީސް

ޑިމޮކުރަސީ ދެމެހެއްޓުމަށާއި ރަނގަޅު ވެރިކަމެއް ދަމަހައްޓާ ކުރިއެރުވުމަށް ގާނޫނު ހަދާ މަޖިލިސް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގާނޫނު ހަދާ މަޖިލީހުގެ ދުވަހާއި ގުޅިގެން ”އެކްސް“ ގައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ މި މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދުވުމަކީ ދުނިޔެ އާއި ގައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

މީގެއިތުރުން މަޖިލީހުގެ އަންހެނުންގެ ދައުރު ކުޑަ ނަމަވެސް މިންތީގެ ހަމަހަމަކަން ގާއިމުވެފައިވާ މަޖިލީހެއް އުފެއްދުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ނަޒާހަތްތެރިކަމާއެކު ހިދުމަތްކުރާ ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ގާނޫނު ހަދާ މަޖިލިސް ވާންޖެހޭނެ ކަމަށާއި ތެދުވެރިކަމާއި މަގުސަދަކާ އެކު ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.

މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އޭގެތެރޭގައި ހިމެނެނީ އަންހެން 3 މެންބަރުންނެވެ. އަދި އަންހެނުންގެ ދައުރު ގާނޫނު ހަދާ މަޖިލީހުގައި އިތުރުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް