- Advertisement -spot_img

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް ގާއިމުކުރާނަން: ރައީސް

ރާއްޖެއަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށްވުމުގެ އަމާޒަށް ވާސިލުވުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް އުފެއްދުމަށް މި ސަރުކާރުން ސާބިތުވެ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަޕްރައިޒަސް ޑޭ“ގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދީ، މާކެޓުތަކަށް ވަދެވޭނެ ގޮތްތައް ހޯދައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވަން ބޭނުންފުޅުވާ ކަމަށެވެ.

މިދިޔަ މަހު ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީއާއެކު ކުދި ވިޔަފާރިތަކަށް ކުރިއަރައިގެންދެވޭފަދަ މާހައުލެއް ފަހިކޮށްދެން ސަރުކާރުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެެވެ.

 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށްވުމުގެ އަމާޒު ހިފާފައިވާއިރު އިގްތިސާދު ފުޅާކޮށް ތަރައްގީކުރުމަށް ވިޔަފާރިތަކުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް މި ސަރުކާރުން ދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް