އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކުލަބް ވޯލްޑްކަޕްގެ ގަދަ 16 ގައި މެސީ ނުކުންނާނީ ޕީއެސްޖީއާއި ދެކޮޅަށް

ފީފާ ކުލަބް ވޯލްޑްކަޕްގައި މެސީގެ އިންޓަރ މަޔާމީ 2 ލަނޑުގެ ތަފާތުން ކުރީގައިވަނިކޮށް، މެޗުގެ ފަހު 10 މިނެޓު ތެރޭގައި ޕަލްމެއިރާސް އިން ޖެހި ދެގޯލާއެކު، މިމުބާރާޓިގެ ގަދަ 16 ގައި އިންޓަރ މަޔާމީ ނިމިދިޔަ ސީޒަނުގެ ޔޫރަޕިއަން ޗެންޕިއަން ޕީ.އެސް.ޖީ އާއި ވާދަކުރަން ޖެހިއްޖެއެވެ.

މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުކޮށް އިންޓަރ މަޔާމީ ވޯލްޑްކަޕްގެ ގަދަ 16 އަށް ކޮލިފައިވެފައިވާއިރު، މިއީ ފީފާ ކުލަބް ވޯލްޑްކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ ފުރަތަމަ އެމެރިކާގެ ޓީމެވެ.

މިމެޗުގައި އިންޓަރ މަޔާމީއަށް ފުރަތަމަ ގޯލުޖަހައިދިނީ ޓަޑެއޯ އަލެންޑެއެވެ. އަދި މަޔާމީގެ ދެވަނަ ގޯލަކީ ލުއިސް ސުއާރެޒް ޖެހި ރީތި މޮޅު ލަނޑެކެވެ. މިދެ ގޯލާއެކު ޕަލްމެއިރާސް އިން ވަނީ ކުޅުން ރަނގަޅުކޮށް، މަޔާމީގެ ގޯލާއި އަމާޒުކޮށް ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލަން ފަށާފައެވެ.

އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި މައުރީސިއޯ ފުރަތަމަ ގޯލު ޕަލްމެއިރާސް އަށް ޖަހައިދީފައިވާއިރު، މެޗު ނިމޭން ދެމިނެޓަށްވެފައިވަނިކޮށް މައއުރީސިއޯ ވަނީ ޕަލްމެއިރާސް އަށް ދެވަނަ ގޯލު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިނަތީޖާއާއެކު އިންޓަރ މަޔާމީ ޕީއެސްޖީއާއި ގަދަ 16 ގައިވާދަކުރަން ޖެހޭއިރު، ޕަލްމެއިރާސް ވާދަކުރަން ޖެހޭނީ ބޮޓަފޯގޯއާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް