އާދިއްތަ, ޖޫން 15, 2025
spot_img
- Advertisement -spot_img

އިރާނުގެ ވަރުގަދަ ހަމަލާތަކެއް އިޒްރާއިލްގެ ވެރިރަށަށް ދީފި

އިރާނުން ދިން ހަމަލާތަކެއްގައި އިސްރާއީލުގެ ވެރިރަށް، ޓެލް އަވިވްގައި އިތުރު ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އިސްރާއީލާއި ދެކޮޅަށް އިރާނުން އިތުރު ހަމަލާތަކެއް ފޮނުވާލާފައިވާކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިންނެވެ.

އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، އިރާނުން އެގައުމާއި ދިމާލަށް ފޮނުވާލާފައިވާ ބެލިސްޓިކް މިސައިލްތަކެއް ވައިގެ ސަރަހައްދަށް ވަދެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މިއާއި އެކީ އިސްރާއީލުގެ ބޮޑު ސަރަހައްދެއްގައި ސައިރަން އަޅައި، ވައިގެ ދިފާއީ ނިޒާމުން މިސައިލްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިކަން ނިމެންދެން އާންމުން ބިންގަރާސްތަކުގައި މަޑު ކުރުމަށް އަންގާފައިވާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ޓައިމްސް އޮފް އިސްރާއީލް“ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލާއި ދެކޮޅަށް އިރާނުން ފޮނުވާލި މި މިސައިލްތަކުގެ ތެރެއިން ބައެއް މިސައިލްތައް މިހާރު ވަނީ އިސްރާއީލުގެ ވެރިރަށް، ޓެލް އަވިވްއަށް ވެއްޓި ގޮވާފައެވެ. އަދި ޓެލް އަވިވްގައި ބާރުގަދަ ގޮވުންތަކެއްގެ އަޑުތައް އިވެމުން އަންނަ ކަމަށް ވެސް އިސްރާއީލުގެ މީޑިއާތަކުން ވަނި ރިޕޯޓް ކޮށްފައެވެ.

އިރާނުން އިސްރާއީލަށް އިތުރު މިސައިލް ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އިރާނުން އިސްރާއީލަށް ފޮނުވާލި މިސައިލްތަކުން އިސްރާއީލުގެ ބައެއް ސަރަހައްދުތައް ވަނީ ހަލާކުކޮށްލާފައެވެ. މީގެތެރޭގައި އިސްރާއީލުގެ އެންމެ ބޮޑު ސިޓީ، ޓެލް އަވިވް ވެސް ހިމެނެއެވެ.

އިރާނުން ދެމުންދާ ހަމަލާތަކަށް ބިރުން، ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ބޮޑުވަޒީރު މިހާރު ހުރީ ބިންގަރާހެއްގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އަނެއްބައި ރިޕޯޓްތައް ބުނަނީ އޭނާ މިހާރުވަނީ ޤަޢުމު ދޫކޮށް އެހެން ޤައުމަކަށް ގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް