އާދިއްތަ, ޖޫން 15, 2025
spot_img
- Advertisement -spot_img

ނިރުބަވެރި އިސްރާއީލަށް ”ވަރުގަދަ ރައްދެއް“ ދޭނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު ވިދާޅުވެއްޖެ

އިރާނަށް ހުކުރު ދުވަހު ދިން ހަމަލާގެ ބަދަލުގައި ހައްދަފަހަނައަޅާފައިވާ ނިރުބަވެރި އިސްރާއީލަށް ”ވޭންހުރި ރައްދެއް“ ދޭނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު ވިދާޅުވެއްޖެއެވެ.

އިރާނުގެ އެންމެ އިސްވެރިޔާ އާޔަތު ﷲ އަލީ ޚާމަނާއީ ވިދާޅުވެފައިވަނީ މި ހަމަލާތަމަލާތަކުން އިސްރާއީލުގެ ”ނުބައި ޒާތް“ ހާމަވެގެން ހިނގައްޖެ ކަމަށާއި، މި ހަމަލާއާއެކު އިސްރާއީލުން ”އަމިއްލައަށް ވޭންދެނިވި ނަތީޖާއަކަށް ހުށަހެޅިއްޖެ“ ކަމަށާއި، އެ ނަތީޖާ އެ އިސްރާއީލަށް ”ކަށަވަރުންވެސް ފެންނާނެ“ ކަމަށް ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން އިރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތަރުޖަމާނަކު ވިދާޅުވީ އިރާނަށް މި ހަމަލާތައް ދިނީ އިސްރާއީލުން ކަމަށާއި، އެކަން ކުރީ އެމެރިކާގެ އެހީތެރިކަމާއެކު ކަމަށެވެ.

އެމެރިކާގެ އިސް ޑިޕްލޮމެޓް ކަމުގައިވާ މާކޯ ރޫބިއޯ ބުނެފައިވަނީ މި ހަމަލާތަކުގައި ވޮޝިންގްޓަން ބައިވެރިވެފައި ނުވާ ކަމަށާއި، އިސްރާއީލުން އެމެރިކާ އަށް އަންގާފައިވަނީ ”މި ޢަމަލަކީ އެ ޤައުމުގެ ދިފާޢަށް ކޮންމެހެން ކުރަންޖެހުނު ކަމެއް“ ކަމަށެވެ.

އެހެންނަމަވެސް މި ނިރުބަވެރިންގެ މި ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން، އިރާނަށް ހަމަލާދީފާނެކަމަށް ނިރުބަވެރިންނަށް އެހީތެރިވާ އަދި ދުނިޔެ ހަނގުރާމައަށް ހުޅުވާލަން އަބަދުވެސް މަސައްކަތްކުރާ އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ބުނެފައެވެ. އެހެންނަމަވެސް މި ހަމަލާއަކ އޭނާއަށް ނޭންގި ދޭނެ ހަމަލާއެއްކަމަށް ސުލްހައަށް ލޯބިކުރާ އެއްވެސް މީހެއް ޤަބޫލެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް