އާދިއްތަ, ޖޫން 15, 2025
spot_img
- Advertisement -spot_img

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސްގެ އޮފީހެއް ރާއްޖޭގައި ހުޅުވަނީ

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ)ގެ އޮފީހެއް ރާއްޖޭގައި ގާއިމްކުރަން ނިންމައިފިއެވެ.

އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވަނީ އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް އެވެ.

އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް މިހެން ވިދާޅުވީ ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާއި ކަނޑުވެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އެފްއޭއޯގެ ޚާއްޞަ އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެ ކަމުގެ ޔަގީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދެއްވާފަ އެވެ. އަދި ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއަރުވާ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވަނީ އެފްއޭއޯ އިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫޢު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް