ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފޮތް މައުރަޒެއް ފަށައިފި

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފޮތް މައުރަޒެއް ފަށައިފިއެވެ.

”ކުޑަކުދިންގެ ބުކްފެސްޓް 2025″ ނަމުގައި ކުރިއަށް ގެންދާ މި މައުރަޒަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދަގަތަ ޕަބްލިޝާސް އަދި ކޮއްކޮމެން ޕްރީ ސްކޫލް ގުޅިގެން ކުރިއަށް ގެންދާ ފޮތް މައުރަޒެކެވެ.

ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް މި މައުރަޒުގައި ލިބެން ހުރިއިރު މިއީ ކުދިންގެ ހިތްތަކުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށާއި އެކި ވައްތަރުގެ ފޮތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މައުރަޒެކެވެ.

މި މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ މި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ މެންދުރު 13:30 އިން 15:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:45 އަށެވެ.

ގުޅުންހުރި ލިޔުންތައް