ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ޕްރީ-އޮޕަރޭޝަނަލް ހުއްދަ އެމްއެފްއެލްސީ އަދި ބީއައިސީ އަށް

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް އިން ބޭންކިންގެ ހިދުމަތް ދިނުމަށް ޕްރީ އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފިއެވެ.

ޕްރީ އޮޕަރޭޝަނަލް ހުއްދަ އަކީ ބޭންކިންގެ ހިދުމަތް ފެށުމުގެ ކުރިން ދޭ ހުއްދައެކެވެ.

އެމްއެމްއޭ އިން މިއަދު ބުނީ އެމްއެފްއެލްސީ އާއި ބީއައިސީ ބޭންކު މޯލްޑިވްސްއަށް ދޫކޮށްފައިވަނީ ޓިއާ 1ގެ ބޭންކުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ އޮޕަރޭޝަނަލް ހުއްދަ ކަމަށެވެ.

އެމްއެފްއެލްސީ ބޭންކަކަށް ބަދަލުކުރުމުގެ ހުއްދަ ދެނީ

އެ ދެ ކުންފުންޏަށް ބޭންކު ހިންގުމުގެ ހުއްދ ދިނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އެމްއެފްއެލްސީ އަށް ހުއްދަ ދިނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމުގައި ޓިއާ 1ގެ ބޭންކަކަށް ބަދަލުކުރުމަށެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދިނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއާ 1ގެ ބޭންކްއެއް ގާއިމްކުރުމަށެވެ.

ބޭނިންގެ ހިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން އެ ދެ ފަރާތަށް ވެސް ބޭންކު ހިންގުމުގެ ރަސްމީ ހުއްދަ ދޭނެ އެވެ.

ރާއްޖޭގައި މިހާރު ހިންގަނީ ގަތް ބޭންކެކެވެ. އެއީބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އާއި ހަބީބް ބޭންކު ލިމިޓެޑް (އެޗްބީއެލް) އާއި ބޭންކު އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ) އާއި ކޮމާޝަލް ބޭންކު އޮފް މޯލްޑިވްސް (ސީބީއެމް) އެވެ.

ގުޅުންހުރި ލިޔުންތައް