ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތްކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ’ހާލު ކިހިނެއް‘ ޕްރޮގަރާމަކީ، މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކައިރިއަށް ގޮސް އެމީހުންގެ ހާލަތު ބަލައި، އެފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކާއި އެހެން މުޢައްސަސާތަކާއި ގުޅުވައިގެން މިކަންކަމަށް ހައްލު ހޯދައި ދިނުމަށް ހިންގޭ ޕްރޮގްރާމެއް ކަމުގައި ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި މި ވުޒާރާގެ މަސައްކަތްތަކުގެ އަދާ ހަމަ މަޢުލޫމާތު ހިއްސާކުރަށްވަމުންނެވެ.

އެގޮތުން، ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން މި ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މިހާހިސާބަތް ގާތް ގަނޑަކަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ޒިޔާރަތްތަކުގައި، ވަޒީފާގެ ދަތިކަމުން، ޢާއިލާ ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ފުދުންތެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤުސަދުގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅިގެން ވަޒީފާތައް ހޯދައި ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ގުޅުންހުރި ލިޔުންތައް