ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް 230,380 ރުފިޔާ ހަދިޔާކުރައްވައިފި

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިސްނެގުމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަމަޟާން މަހު ހިންގި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ޖުމްލަ 230,380 ރުފިޔާ ވަނީ ހަފިޔާކުރައްވާފައެވެ.

ދިރާގުގެ ”ޑޮނޭޓް އޮން ދަ އެޕް“ ކެމްޕެއިންގެ ތެރެއިން އެއްކުރެވުނު މި ފައިސާއަކީ، މާލެއާއި އަތޮޅުތަކުގައި ހުރި ހިޔާތަކުގައި ތިބޭ ކުދިންނަށް އެހީތެރިވުމުގެ މަޤުސަތުގައި އެއްކުރެވުނު ފައިސާއެވެ.

ދިރާގުން ވަނީ މި ފައިސާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ވުޒާރާގެ ފަރާތުން މި ފައިސާއާއި ހަވާލުވެވަޑައިގަތީ، ވަޒީރު ޑރ ޢާއިޝަތު ޝިހާމެވެ.

ގުޅުންހުރި ލިޔުންތައް