ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގައި ނޭޗަރ ޕާކު ގާއިމުކުރުމަށް އެމްޓީޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ގާއިމުކުރުމަށްޓަކައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ގާއިމުކޮށް، ރާއްޖޭގެ އުތުރުގައި އިކޯ ޓޫރިޒަމް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

މި ނޭޗަރ ޕާކުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، އެކި ދާއިރާތަކަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ރަށްތަކުގެ ޤުދުރަތީ ރީތިކަމާއި، ކާނި ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ނޭޗަރ ޕާކުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ދެކެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް