ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދުންފަތް ކޮންޓްރޯލު ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑެއް!

ދުންފަތް ކޮންޓްރޯލުކުރައްވަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑެއް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވައިފިއެވެ.

ރައީސަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި ދުންފަތުން ދުރުކުރެވިފައިވާ ޖީލެއް އުފެއްދުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ރާއްޖޭގައި ޚާއްޞަކޮށް ޒުވާނުން ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އަޅުއްވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްވެސް ޑަބްލިޔުއެޗްއޯ ގެ ދެކުނުއޭޝިއާ ސަރަހައްދުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެއީ މި ސަރަހައްދުގައި ޖެނެރޭޝަނަލް ބޭންން ގެންނަނަށް ނިންމި ފުރަތަމަ ޤައުމެވެ.

ރާއްޖޭގައި މިހާރު ވޭޕް މަނާކޮށްފައިވާއިރު، ދުންފަތުގެ ޑިއުޓީ ބޮޑުކޮށް 2007 ވަނަ އަހަރުން ފެށިގެން އުފަންވި ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ޖެނެރޭޝަން ބޭންއެއް މިހާރު ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް