ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
ވަޒިރު މިގޮތަށް އިލްތިމާސްކުރެއްވީ ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި، އިނާމުދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
”ހުރިހައި ބޭފުޅުން ވެސް ޤުރުއާން ކިޔަވައިވިދާޅުވުމަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި، އާދައެއްގެ ގޮތުގައި ހައްދަވައިގެން އަބަދުވެސް ކުރައްވާކަމެއްގެ ގޮތުގައި ހެއްދެވުމަށް އިލްތިމާސްކުރަން“ މިނިސްޓަރ ވިދާޅުވިއެވެ.

ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި، އިނާމުދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްވާ އިއްޔެ ހަވީރު މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ޤުރުއާން މުބާރާތް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ބައްލަވައިލައްވައިފައެވެ. އަދި ޤުރުއާން މުބާރާތްތަކުގައި ލޯތްބާއި، ޝައުޤުވެރިކަމާއެކު ބައިވެރިވާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާކަން އުފަލާއެކު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ.