ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ ބާއްވަނީ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ 7:30 ބާސެލޯ ނަސަންދްރާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އޮންލައިންކޮށްވެސް ކުރިއަށްގެންދާ މި ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ހިއްސާދާރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް މިވަނީ ހަމަވެފައެވެ.

އެ ޖަލްސާގެ އެޖެންޑާގައި ހަ ކަމެއް ފާސްކުރަން ހުށަހެޅުމަށް އެސްޓީއޯއިން ނިންމާފައިވެއެވެ. އެއީ،

2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ

މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު

މިދިޔަ އަހަރު އޮޑިޓުކޮށްފައިވާ ހިސާބުތައް

އެސްޓީއޯގެ ފައިދާއިން މިދިޔަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ އަދަދު

މި އަހަރު ކުންފުނި އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުމަށް

ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަނުކުރުމާއި އިންތިޚާބު ކުރުން

ފާއިތުވި އަހަރުގެ އަހަރީ އާންމު ޖަލްސާގައި، 2023 ވަނަ އަހަރުގެ އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ. މި އަހަރުގެ ޖަލްސާގައިވެސް ހިއްސާދާރުންނަށް ބަހާނެ ފައިދާގެ އަދަދެއް ހުށަހެޅި، ފާސްކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް