ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދުވާފަރު ޔޫތް މޫވްމަންޓުން އިސްނަގައިގެން އެރަށުގައި ނިޔަމިކަމުގެ ކޯސް ލެވެލް 2 ފަށައިފި

ދުވާފަރު ޔޫތް މޫވްމަންޓާއި މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން އެރަށުގައި ނިޔަމިކަމުގެ ލެވެލް 2 ގެ ކޯހެއް ފަށައިފިއެވެ.

މިމަހުގެ 15 އިން 19 އަށް ކުރިޔަށްގެންދާ މި ކޯހުގައި ދުވާފަރުގެ 35 ފަރާތަކުން ބައިވެރިވެފައިވެފައިވެއެވެ.

ދުވާފަރުގައި ކުރިޔަށްދާ ނިޔަމިކަމުގެ ކޯސް ލެވެލް 2 | ފޮޓޯ: ދުވާފަރު ޔޫތް މޫވްމަންޓު

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގާ މި ކޯހުގައި، 30 ގަޑިއިރުގެ ކުލާސްތަކެއް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކޯހުގައި ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ، ސީ، ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އުނގަންނައިދެވޭނެކަމަށް މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޓުން މަޢުލޫމާތު ދެއެވެ.

މި ކޯހުގައި އުނގަންނައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނެއެވެ.

ދުވާފަރު ޔޫތް މޫވްމަންޓުނަކީ އެރަށުގައި ރައްޔިތުންނަށާއި ޒުވާނުންނަށް އުޖާލާ ކުރިމަގެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ހިންގާ އެންޖީއޯ އެކެވެ.

މި ކޯސްކުރިޔަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ދުވާފަރު ޔޫތް މޫވްމަންޓުން ވަރަށް ޙާއްޞަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް