ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

”ބެލެނިވެރިންގެ ހޮޅުއަށި“ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން ރޭ ބޭއްވި “ ބެލެނިވެރިންގެ ހޮޅުއަށި“ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސެޝަންގައި ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ނަފްސަށް އަޅާލުމުގެ މުހިންމު ކަމާއި ބެހޭގޮތުން ބެލެނިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

މި ސެޝަން ކުރިއަށް ގެންދިޔައީ ސޯޝަލް ސެންޓަރުގައެވެ.

މިދޔަ މަހު ވެސް ބެލެނިވެރިންގެ ހޮޅުއަށީގެ ޕްރޮގްރޭމެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިގޮތުން އެ ސެޝަންގައި ގޭމިންގެ ނުރައްކާތަކާއި، ސޯޝަލް މީޑިއާގެ ނުރައްކާތަކާއި، ސައިބާ ކްރައިމްތަކާއި، އަދި އެތައް ކަމަކާ ގުޅިގެން އޮންލައިންކޮށް ދަރިފުޅު ރައްކާތެރިކުރަން ދަސްކޮށްކޮށްދިނުމަށް ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

ބެލެނިވެރިންގެ ހޮޅުއަށި“އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.

ގުޅުންހުރި ލިޔުންތައް