އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ރައީސްގެ ވަދުފުޅާއި އެއްގޮތަށް ހެނބަދޫ އާއި ކުޑަފަރީގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

ނ. ހެނބަދޫ އަދި ކުޑަފަރީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް މިއަދު ފަށައިފިއެވެ.

މި ދެ ރަށުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.

މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހެނބަދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.

ހެނބަދޫގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއިން ކުރަމުންދަނީ ޝުކުރު ހައްޤު މަސައްކަތެއް ކަމަށެވެ. އަދި މި ލިބުނު ލުޔާއި އެކު ރަށްރަށުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފްް ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތައް ހުރިހާ ފަރާތަކުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް