އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ނާސަރީއެއް ތަރައްޤީ ކުރަން އެޗްޑީސީއާއެކު ސޮއި ކޮށްފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އަށް ނާސަރީއެއް ތަރައްޤީ ކުރަން އެޗްޑީސީ އާއި އެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

އެ ނާސަރީ ތަރައްޤީކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ.

ޓުއަރިޒަމް އެންޑްއެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އަޅަން ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް އެޗްޑީސީއާއެކީ މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އެންވަޔަަރަންމަންޓް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ.

އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް އެވެ.

އެންވަޔަަރަންމަންޓް މިނިސްޓްރީން ބުނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެއެއް ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން މި ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެެއެވެ.

މީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ނާސަރީއިން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް