އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކޮންމެ ބޭފުޅެއް ނަމަވެސް އެއްބަސްވުމާއި ޚިލާފްވެއްޖެ ނަމަ، އެރަށެއް އަނބުރާ އަތުލާނަން: ވަޒީރު ޑރ. މާރިޔާ

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް، އެރަށްތަށް ނަންގަވާ، ފަރާތްތަކުން އެއްބަސްވުމާއި ޚިލާފްވެއްޖެނަމަ، އެއީ ކޮންމެ ބޭފުޅެއްނަމަވެސް، އެރަށެއް އަނބުރާ އަތުލާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންމަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖާވާބު އަރުވަމުން ވަޒީރު ވިދާޅުވީ، ފަލުރަށްތަކާއިމެދު ފިޔަވަޅު އަޅުއްވަނީ، އެރަށްތަށް ހިންގަވައިގޮޓް ބައްލަވައި މޮނީޓަރ ކުރެއްވުމަށްފަހުގައިކަމަށެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ އެވުޒާރާއިން މޮނީޓަރިން ދަތުރުތައް އެރަށްތަކަށްކޮށް، އެއްބަސްވުމާއި ޚިލާފުވާ ކަންކަން ފާހަގަކުރެވިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށެވެ.

”އަޅުގަނޑުމެން ވުޒާރާއިން ވަރަށް ގިނަ ރަށްތައް ވަަނީ ދަނޑުވެރިކަމަށް ދޫކުރެވިފައި. އެރަށްތައް އަޅުގނަޑުމެން މޮނީޓަރ ކުރަން އަހަރަކު 2ފަހަރު، މި ގޮތަށް މޮނީޓަރ ކުރަމުންދާއިރު ރަނގަޅަށް މަސައްކަތް ކުރައްވަމުންދާ ރަށްތަކަށް އަޅުގަނޑުމެން އެބައިތުރުކޮށްދެން މުއްދަތު ދަނޑުވެރިކަން ކުރެއްވުމަށް، އެހެންނަމަވެސް އެގްރިމެންޓާއި ޚިލާފްވާކަމަށް ވަންޏާ، އެއީ ކޮންމެ ބޭފުޅެއް ނަމަވެސް އަޅުގަނޑުމެން އެރަށެއް އަނބުރާ އަތުލާނަން“ ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމަށް ޚާއްސަކޮށްގެން ވަކި ވުޒާރާއެއް މި ސަރުކާރުން އުފެއްދެވުމަކީ ދިވެހި ދަނޑުވެރިކަން އިތުރަށްކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވަވާ މިންވަރު ހާމަވެގެންދިޔަކަމެކެވެ. އަދި އެއާއިއެކު މި ވުޒާރާއިން އަންނަނީ ދަނދުވެރިންނާއި ވަރަށްގާތުން، މި ސިނާއަތް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް