އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުވެސް ވަނީ ނެރެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ރިޕޯޓުގައި ހިމެނިފައިވާ މިދިޔަ އަހަރު ކުރެވުނު ކަންތައްތަކަކީ ވުޒާރާގެ އެންމެހާ މުވައްޒަފުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށާއި ދިވެހިރާއްޖޭގެ އިސްލާމީކަންތައްތައް ކުރިއެރުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ޤައުމީ މުހިއްމު މަސައްކަތެއްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއަހަރަކީ 2024 ވަނަ އަހަރަށްވުރެ ކާމިޔާބު އަހަރެއްކަމަށާއި މިހާތަނަށްވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް