ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއިއެކު ނަރުހުން ކުރަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް: ރައީސް

ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ނަރުހުން ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހިރާއްޖޭގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށެވެ.

މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަނީ ”ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދެމުން.“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގިނަ ހަރަކާތްތައް ހިންގަނީ މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނުންނެވެ. ނަރުހުންގެ ދުވަސް ފާހަގަ ކުރުމަށް މިއަހަރު ބޭނުންކުރާ ޝިއާރަކީ ”އަޅުގަނޑުމެންގެ ނަރުހުން. އަޅުގަނޑުމެންގެ މުސްތަޤްބަލް. ނަރުހުންގެ އަޅާލުން“ އެވެ.

މިއަހަރު މިޝިއާރުގެ ދަށުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ލީޑަރޝިޕް ކީނޯޓް، ލީޑަރޝިޕް ވޯކްޝޮޕް އަދި ލީޑަރސް މެންޓަރޝިޕް ޕްރޮގްރާމެއްގެ ފެށުން ހިމެނެއެވެ. މި ހަރަކާތް އޮންނާނީ ހޮޓެލް ޖެން ގައެވެ.

ނަރުހުންގެ ދުވަހަކީ 1965 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

ގުޅުންހުރި ލިޔުންތައް