ހޯމަ, އޯގަސްޓް 11, 2025
spot_img
- Advertisement -spot_img

ބޭހުގެ ދަތިކަމަށް ހައްލު ހޯދުމަށް އިންޑިޔާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއަށް މެދުނުކެނޑި ބައެއް ބޭސްތައް ހޯދުމަށް އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏަކާ އެކު އެސްޓީއޯ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ އިން ސޮއިކުރީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެވެ.

އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް މި އެއްބަސްވުމުގެ ދަށުން ލިބޭނެއެވެ.

އެޗްއެލްއެލް ލައިފްކެއާ އަކީ މި ސަރަހައްދުގައި އެންމެ ފުޅާދާއިރާގައި ޑޮކްޓަރީ ބޭސް ސަޕްލައިކުރާ އެއް ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް