ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ކުޅުދުއްފުށި ސިޓީ ފުޓުބޯޅަ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ހިރަފުސް ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުޅުދުއްފުށި ސިޓީއަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފުޓްބޯޅައިގެ ހަރަކާތްތައް ގިނަ ރަށެކެވެ. އަދި މި ރަށުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވާ ހަތަރު ދަނޑު އޮވެއެވެ. އެއީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އާއި ޒިގްޒެގް ދަނޑު، ކޮރަލް ދަނޑުގެ އިތުރުން ހިރަަފުސް ދަނޑެވެ.

ރޭގަނޑު ފަރިތަކޮށް، މުބާރާތްތައް ބޭއްވުމަށް އުނދަގޫތަކެއް ދިމާވެފައިވާ ހިރަފުސް ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތަށް 2.6 މިލިއަން ރުފިޔާ ހަރަދުވިއެވެ.

މި މަސައްކަތްކޮށްފައިވަނީ ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ހިރަފުސް ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު، އެ ރަށުގެ އެހެން ދަނޑުތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަމަށްވެސް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެވެ.

ގުޅުންހުރި ލިޔުންތައް