ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަސް ކެޓަގަރީއަކުން މޯލްޑިވިއަން ނޯމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ފަސް ކެޓަގަރީއަކުން ޤައުމީ އެއާލައިން، މޯލްޑިވިއަން ނޯމިނޭޓްވެއްޖެއެވެ.

މިގޮތުން މޯލްޑިވިއަން ނޯމިނޭޓްވެފައިވަނީ އިންޑިއަން އޯޝަންސް ލީޑިންގ އެއާލައިނާއި، ލީޑިންގ އެއާލައިން-ބިޒްނަސް ކްލާސް، ލީޑިންގ އެއާލައިން-އިކޮނޮމީ ކްލާސް، ލީޑިންގ އެއާލައިން ބްރޭންޑް އަދި ލީޑިންގ ކެބިން ކްރޫގެ ކެޓަގަރީންނެވެ.

މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި މޯލްޑިވިއަނުން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެ އެއާލައިނަށް ވޯޓު ދިނުމަށް އެދިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި މި ލިންކު މެދުވެރިކޮށް މޯލްޑިވިއަނަށް ވޯޓު ދެވޭނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއެއްގެވެސް އެންމެ ފެންވަރު ރަނގަޅު ފަރާތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ގްރޭންޑް ފައިނަލް ގާލާ އޮންނާނީ 9 ޑިސެންބަރު 2025 ގައި ބަޙްރައިނުގައެވެ.

ގުޅުންހުރި ލިޔުންތައް