- Advertisement -spot_img

އިންވެސްޓްކުރުމަށް ފަހި މާޙައުލެއް އުފެއްދުމަށްޓަކައި، ޚާއްޞަ ޤާނޫނެއް އެކުލަވާލެވިފައިވާނެ: ވަޒީރު ސައީދު

ދިވެހިރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށާއި، ބޭރުގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ފުރުސަތުތައް އިތުރަށް ހުޅުވާލުމަށްޓަކައި، ޚާއްޞަ ޤާނޫނެއް އެކުލަވާލެވިފައިވާ ކަމަށެވެ.

އެގޮތުން އެކުލަވާލެވިފައިވާ ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ޙިމާޔަތް ލިބި، ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މެލޭޝިޔާގެ އިންވެސްޓްމަންޓް، ވިޔަފާރި އަދި ޞިނާޢަތުގެ ވަޒީރު ޓެންގްކު ޒަފްރުލް ޓެންގްކު ޢަބްދުލް ޢަޒީޒު އާއި މެލޭޝިޔާގެ ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް ޑާޓޯ ސެރީ އެން. ގޯބަލަކްރިޝްނަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޓެންކޫ ޒަފްރޫ ޢަބްދުލްޢަޒީޒް ވަނީ މިއީ ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފޯރަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް