- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ މެލޭޝިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވުމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ޕުޓްރަޖާޔާގައި ބޭއްވެވި ރަސްމިއްޔާތަށް ފަހު، ދެ ގައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގެ ކުރިންނެވެ.

އެގޮތުން ދެ ޤައުމު ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ:

1- ކުޅިވަރުގެ ދާއިރާ ކުރިއެރުވުން – ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރެއްވިއިރު، މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު ހަންނާ ޔިއޯ

2- ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން – ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރެއްވިއިރު، މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ޑރ. ހާޖީ ޒުލްކިފްލީ އަހްމަދު

3- ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ބަދަހިކުރުން – ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލަމީން

4- ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުން: ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލަމީން

5- ހާރިޖިއްޔާގެ މުވައްޒަފުން ތަމްރީނުކުރުން – ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސަފީރު މަރްޔަމް ޝަބީނާ؛ މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލަމީން

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އަޅާ ބިންގަލެއް ކަމަށާއި ތަފާތު ދާއިރާތަކުން މެލޭޝިއާއާ އެކު މަސައްކަތްކުރުމުގެ އުއްމީދު އޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް