އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސައިފި

މުލަކަތޮޅު މުލީގައި ތައްޤީކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިމި، ޓެސްޓް ފްލައިޓު މިއަދު ޖައްސައިފިއެވެ.

މިއީ މ. އަތޮޅުގައި ޤާއިމްކުރާ ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ.

ޓެސްޓް ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި މިވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ.

1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ. ވައިގެ ދަތުރުފަތުގެ ޚިދުމަތް މުލަކު އަތޮޅުގައި އަލަށް، ޚާއްސަކޮށް ވެރިކަން ކުރާ މުލީގައި ޤާއިމްކުރި އެއަރޕޯޓާއެކު ފެށިގެންދާތީ އެރަށުގެ ރައްޔިތުންވަނީ އެކަމުގެ އުފާވެރި ޝުޢޫރު ފާޅުކޮށްފައެވެ.

ފްލައިޓަށް މަރުޙަބާ ކިއުމަށް ރައްޔިތުން ފަރިވަޅެއްވެސް އަރުވާފައިވެއެވެ. މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ގުޅުންހުރި ލިޔުންތައް