ހޮނިހިރު, އޮކްޓޯބަރ 11, 2025
spot_img
- Advertisement -spot_img

ޓިކްޓޮކްގެ އިސް ފަރާތްތަކެއް ހިމެނޭ ވަފްދާ ރައީސް ބައްދަލުކުރައްވައިފި

ރާއްޖެއަށް ވަޑައިގެންފައިވާ ޓިކްޓޮކްގެ އިސް ފަރާތްތަކެއް ހިމެނޭ ވަފްދާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ޓިކްޓޮކްގެ އެ ވަފްދާގައި ރައީސް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖެއާއެކު މަސައްކަތް ކުރެވޭނެ އެކި ދާއިރާތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ރައީސް ވަނީ އެމަނިކުފާނުގެ އެ އަމާޒަށް ވާސިލްވުމަށް ރާވާފައިވާ ކަންތައްތައް ވެސް ހިއްސާކޮށްފައެވެ. ޓިކްޓޮކްގެ ވަފްދުން ވިދާޅުވީ، އެ އަމާޒަށް ވާސިލުމަށް އެ ކުންފުންނިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަަމަށެވެ.

އޭގެ އިތުރުން ވެސް ދެ ފަރާތުން ވަނީ މުސްތަގްބަލާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރެމުންދާ ކަމަށް އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޓިކްޓޮކްގެ އެ ވަފްދު ވަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް