ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ތައިލެންޑާއި މިޔަންމާއަށް އައި ބިންހެލުމާ ގުޅިގެން، އެ ދެ ޤައުމުގައި ތިބި ދިވެހިންގެ ހާލަތު މޮނިޓަރ ކުރަމުންދާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފި

މިއަދު، ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެ ދެ ޤައުމުގެ ހާލަތު މޮނިޓަރ ކުރަމުންދާކަމަށް އެވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން މިހެން ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ތައިލެންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެންނެވެ.

މިގޮތުން، ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މި މިނިސްޓްރީ އިން މަސައްކަތް ކުރަމުން ދާކަމަށް އެވުޒާރާއިން ބުނެއެވެ.

މިހާތަނަށް ބެލިބެލުމުން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ޙާލުރަނގަޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކުމިވަގުތު ހުރިތޯބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މިދަނީ މަސައްކަތް ކުރަމުންނެވެ.

މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. ވުމާއެކު، އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށްސަމާލުވެ އެއާ އެއްގޮތަށް ޢަމަލު ކުރުމަށް، އެ ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް މި މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އަދި މީގެއިތުރުން މިކާރިސާއާ ގުޅިގެން، ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއްބޭނުންފުޅުވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

އަދި މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާނަމަ، އަދި އެ ބޭފުޅަކަށް އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ވުޒާރާއަށް ގުޅުއްވުމަށްވެސް އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް