ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް އައްޔަންކުރާ މެމްބަރުގެ މަގާމަށް ޝަހީދު ހަމަޖައްސައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެމްބަރުގެ މަގާމަށް ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އެންމެ ފަހުން ހުންނެވީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މިދިޔަ މަހު އޭނާ ސަސްޕެންޑް ކުރުމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ މިދިޔަ ހަފުތާގަ އެވެ. އޭނާ ޖޭއެސްސީ އަށް އައްޔަން ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މިއަދު ކަމަށް އެ ކޯޓުން މަޢުލޫމާތުދެއެވެ.

ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓާއި ދަށު ކޯޓުތަކުން ވެސް ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވަ އެވެ.

ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝަހީދު އެ ކޯޓަށް އައްޔަން ކުރެއްވީ މާޗް، 2018 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށެވެ. އޭނާ ކްރިމިނަލް ކޯޓަށް އައްޔަންކުރީ ޖެނުއަރީ، 2018 ގަ އެވެ.

ގުޅުންހުރި ލިޔުންތައް