އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ނ އަތޮޅު މިލަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ނ އަތޮޅު މިލަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި ނ. މިލަދޫގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް އެ ރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިގޮތުން ދަނޑުގެ ސަބްބޭސް ރަނގަޅުކޮށް، ޓާފް އެޅުމުގެ މަސައްކަތް ނިންމައި، ވަށާފާރާއި ފެންސް އުސްކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިލަދޫ ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ދަނޑުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. އަދި ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ.

މިލަދޫ ދަނޑުގެ އިތުރުން އެ އަތޮޅުގެ ލަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް