- Advertisement -spot_img

ނ. ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް އަންނަ މަހު ފެށޭނެ: ވަޒީރު ނާޒިމް

އަންނަމަހު، ނ އަތޮޅު ވެލިދޫގައި ޑަޔަލިސިސް ގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ނާޒިމް ވިދާޅުވީ ޑަޔަލިސިސްގެ ޚިދުމަތް ދެން އެންމެ އަވަހަށް ފެށިގެންދާނެ އެއް ރަށަކީ ނ. ވެލިދޫ ކަމަށެވެ.

”ޑަޔަލިސިސްގެ ހިދުމަތް ހޯދަންޖެހޭ މީހުން ގިނަ ރަށްރަށަށް ބައްލަވައިގެން، މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިގެންއެބަދޭ، އެގޮތުން ހއ. އިހަވަންދޫގައި ވަރަށް ފަހުން މިހިދުމަތް ފަށައިފިން، ނ. އަތޮޅުގައި ޑަޔަލިސިސްގެ އެނދު އިތުރުކޮށްފިން، ގއ. ވިލިނގިލީގައިވެސް މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެވެމުންދާނެ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މަސްދުވަސް ތެރޭގައި ނ. ވެލިދޫގައިވެސް މިހިދުމަތް ފެށިގެންދާނެ،“ މިނިސްޓަރ ނާޒިމް.

ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތުން ބޮޑު އިންސައްތައެއް ޑަޔަލިސިސްގެ ހިދުމަތް ގަވާއިދުން ހޯދަންޖެހެއެވެ. ރަށުން މި ޚިދުމަތް ނުލިބޭ ނަމަ އެންމެ ކައިރި ރަށަކަށް ގޮސްގެން މިފަރުވާ ހޯދަން ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެވެ.

ގުޅުންހުރި ލިޔުންތައް