ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލްގެ އަގުހެޔޮ ކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލްގެ އަގުހެޔޮ ކޮށްފިއެވެ.

އެކުންފުނިން ރޭގައި އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ ދެން ޕެޓްރޯލް ލިބޭނީ 13.50 ރުފިޔާއަށް، މީގެ ކުރިން ލިބުނު އަގުން 48 ލާރި ކަނޑައިފައި ކަމަށެވެ. މީގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.98 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެފަހުން ޕެޓްރޯލް ލީޓަރެއްގެ އަގު ހެޔޮ ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ ފަހަރު، ލީޓަރަކުން 35 ލާރި އަގުހެޔޮ ކުރިއެވެ.

އޭގެފަހުން، މިދިޔަ ޖެނުއަރީ 27ގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން މާލެއާއި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތަކުން ފުޅިއާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލު ވަނީ ބަދަލުކޮށްފައެވެ.

އެސްޓީއޯއިން ބުނީ، ސީދާ ޕެޓްރޯލް ޝެޑްތަކުން އަގުހެޔޮކޮށް މިވަގުތުން ފެށިގެން ޕެޓްރޯލް ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް