ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ޝަމްއާންގެ ބަދަލުގައި އެމަޤާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަޞީހް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ޝަމްއާން ވަކިކުރައްވައި، ބަދަލުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަޞީހް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

ފަޞީޙް އެ މަޤާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ.

އިމިގްރޭޝަން ކޮނޓްރޯލަރގެ މަޤާމަށް ފަޞީޙް އައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު ވަކިކުރެއްވުމަށްފަހުއެވެ.

ޝަމްޢާން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައި މިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބުރާސްފަތިދުވަހުގެރޭ ގެއެއް ބަލާފާސްކޮށް، 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.

ތަހުގީގުކުރިއަށްދިޔަ މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާނޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފަޞީޙް އަކީ ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވުމަށްފަހު ޕޮލިސް ބޯޑުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް