- Advertisement -spot_img

ހަތަރު ރަށެއްގައި މުޅިން އަލަށް އެކްސްރޭގެ ޚިދުމަތް ފަށަނީ

ރާއްޖޭގެ ހަތަރު ރަށެއްގައި އަލަށް އެކްސްރޭ ޚިދުމަތް ފެށުމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެކްސްރޭ ޚިދުމަތް މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ރަށްތަކަކީ، ނ.ހޮޅުދޫ، ނ.ވެލިދޫ، ށ.މިލަންދޫ، އަދި އދ.މާމިގިލިއެވެ.

މި ރަށްތަކުގައި މި ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިދާރީ އެންމެހާ މަސައްކަތް ނިންމާ، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރުން ހިމެނެއެވެ.

އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް