ހޯމަ, މާރޗް 17, 2025
spot_img
- Advertisement -spot_img

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ”ވިޔަފާރި އެހީ“ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދޫކުރުމަށް ހަމަޖެހިފައިވާ ”ވިޔަފާރި އެހީ“ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މި ލޯނަކީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް އަދި ހިންގަމުންދާ ވިޔަފާރިއާއި ގުޅުންހުރި ދާއިރާގެ ތެރެއިން މެޝިނަރީ އާއި އިކުއިޕްމަންޓް ގަތުމަށް ބޭނުންކުރެވޭނެ ލޯނެއްކަމުގައި އެސްޑީއެފްސީ އިން މައުލޫމާތުދެއެވެ.

އިންޓްރަސްޓްގެ ގޮތުގައި އަހަރަކު %9.5 ދައްކަންޖެހޭ މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 1.5 މިލިއަން ރުފިޔާއާ ހަމައަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ފަސް އަހަރު ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން ހަ މަސްދުވަސް ދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލޯނަށް ހުށަހެޅޭ ރަހުނަކީ އެސްޑީއެފްސީން ގަބޫލުކުރާ އަދި ލޯނާއި އެކަށޭނެ ރަހުނަކަށް ވާންވާނެ ކަމަށާއި، ރަހުނު ހުށަހަޅަންޖެހޭނީ މަޝްރޫޢުގެ ރިސްކަށް ބެލުމަށްފަހުގައާއި 700،000ރ. އަށް ވުރެ އެކްސްޕޯޝަރ އިތުރުވާ ފެސިލިޓީތަކަށް ކަމުގައި އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މި ލޯނާ ބެހޭ އިތުރު މަޢުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި ލޯނަށް އެދި މިހާރު އެސްޑީއެފްސީގެ ވެބްސައިޓުން ހުށަހެޅޭނެއެވެ.

އެސްޑީއެފްސީ އަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު ގާއިމްކޮށްފައިވާ ކުންފުންޏެކެވެ. މިގޮތުން އެސްޑީއެފްސީއިން ދަނީ ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ފައިނޭންސިންގ ފުރުސަތުތައް ފޯރުކޮށްދީ އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދަމުންނެވެ.

ގުޅުންހުރި ލިޔުންތައް