ހޯމަ, މާރޗް 17, 2025
spot_img
- Advertisement -spot_img

ވޭތުވެދިޔަ 2024 ވަނަ އަހަރު ޞިއްޙީ ތަފާސްހިސާބު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށްފި

މި ނިމުނު 2024 ވަނަ އަހަރުގެ ޞިއްޙީ ތަފާސްހިސާބު ފުރިހަމަ ކޮށްފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޢާއިޝަތު ސާމިޔާ އެވެ.

ނިމިދިޔަ 2024 ވަނަ އަހަރު މާލެ ސަރަހައްދުގެ ޞިއްޙީ ޚިދުމަތްދޭ 5 ތަނަކާއި އަތޮޅު ތެރޭ 15 އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނަކުން ވަނީ ތަފާސްހިސާބުގެ ރިޕޯޓުތައް ނިންމާ ސެޓިފިކެޓް ހާސިލްކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މާލެ ސަރަހައްދުން ސެޓިފިކެޓް ހާސިލްކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލާއި، މެޑިކާ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ. އަދި އަތޮޅުތަކުން އއ، ބ، ދ، ފ، ގދ، ޏ، ހއ، ހދ، ކ، ލ، ޅ، ނ، ސ، ތ، އަދި ވ އަތޮޅުގެ ސިއްޙީ ހިދުމަތްދޭ ހުރިހާ ތަނަކުން ވަނީ ތަފާސްހިސާބުގެ ރިޕޯޓުތައް ނިންމާ ސެޓިފިކެޓް ހާސިލްކޮށްފައެވެ.

ޞިއްޙީ ތަފާސްހިސާބު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޞިއްޙީ ތަފާސްހިސާބުތައް ވަގުތުން ރިޕޯޓްކުރުމަކީ ޞިއްޙީ ދާއިރާގެ މުހިއްމު ނިންމުންތައް ނިންމުމުގައި މުހިއްމު ރޯލެއް އަދާ ކުރާ މައުލޫމާތު ތަކެކެވެ. އަދި މި ތަފާސްހިސާބު ތަކުގެ މައުލޫމާތަކީ ޞިއްޙީ އެކި ދިރާސާތައް ހެދުމުށް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭ މައުލޫމާތުތަކެކެވެ. މިކަމުގެ ސަބަބުން ޞިއްޙީ ފަރުވާގެ ޓްރެންޑްތައް ދެނެގަނެވި، ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށާއި ޞިއްޙީ ހިދުމަތްތައް ރަނގަޅު ކުރުމަށް އެހީވެދެއެވެ.

ގުޅުންހުރި ލިޔުންތައް