ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ރާއްޖެއިންބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް މިއަދު ދެއްވައިފިއެވެ.

މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފައެވެ.

ރާއްޖެއިންބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ރޯދަވީއްލުމުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

މި ރޯދަ ވީއްލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް