- Advertisement -spot_img

މަޖިލީހުގެ ބައެއް ކޮމިޓީތަކުން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މަޖިލީހުގެ ބައެއް ކޮމިޓީތަކުން ވަކިކޮށްފިއެވެ.

މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲއެވެ. އަދި، އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަކިކުރި ކަމަކަށް މަޖިލީހުގެ ވެބްސައިޓަކުން ނުދައްކައެވެ.

މިކަމާ ގުޅޭގޮތުން ނާޒިމްގެ ބަހެއް އަދި ނުލިބެއެވެ. ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހްގެ ބަހެއް ވެސް އަދި ނުލިބެއެވެ.

ކޮމިޓީތަކަށް ބަދަލު ގެނައުމަކީ ބައެއް ފަހަރަށް ޕާޓީތަކުން ކުރާ ކަމެކެވެ. ކޮމިޓީތަކަށް ބަދަލު ގެނެވޭނީ އެ މެންބަރަކު ނިސްބަތްވާ ޕާޓީން އެދުމުންނެވެ.

ގުޅުންހުރި ލިޔުންތައް