މާލޭގެ ކަސްޓޯޑިއަލް ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިއަދު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ މ. ރޭއަލިވާގެއާގޭ، އަހުމަދު ނަވްޝާދެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، މާލެ ކަސްޓޯޑިއަލްގެ ގޮޅިތެރެއަށް އޭނާ ވެއްޓިފައި އޮއްވާ ފެނުމުން، މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު މިހާރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކުރެވިފައެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.



