ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް ގެނެސް ވަޒީރުން ހުވާ ކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ވަޒީރުންގެ މަޖިލީހުގައި ހިމެނި ވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް:
ފިނޭންސް މިނިސްޓަރަކަށް މޫސާ ޒަމީރު
ހޯމް މިނިސްޓަރަކަށް އަލީ އިހުސާން
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް އިސްމާއީލް ޝަފީއު
ހެލްތު މިނިސްޓަރަކަށް ގިލާ އަލީ
އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
އިސްލާމިކް އެފެއާޒް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓް އަބްދުﷲ ރާފިއު
އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު
އިންފްރާސްޓްރަކްޗާ ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް އަބްދުﷲ މުއްތަލިބު
އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް އަލީ ޝަރީފް
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އެބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ގަބޫލުފުޅުކުރައްވާފައެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ:
1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑރ ޢަބްދުﷲ ޚަލީލް
3- މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑރ ޢާއިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑރ ޢަލީ ޙައިދަރު އަޙްމަދު
މި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.



