- Advertisement -spot_img

ރަސްމީ ދަތުރުފުޅެއްގައި ރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ”ޑެއިލީ މިރޯ އޮންލައިން“ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޝްވަރާތައް ކުރައްވާނެއެވެ.

އެ ނޫހުން ބުނީ، އާ އިންވެސްޓްމަންޓުތައް ގެނައުމަށް ލަންކާގެ ފިޝަރީޒް މިނިސްޓަރާއި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ވަނީ ބައްދަލުވެސް ކުރައްވައިފައި ކަމުގައެވެ.

ލަންކާގެ ފިޝަރީޒް މިނިސްޓްރީއާ ހަވާލާދީ، ޑެއިލީ މިރޯއިން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތައް، ސްރީލަންކާގެ ދަޅުމަހުގެ ސިނާއަތް އެއްކޮށްލައި، އާ އުފެއްދުންތައް ތައާރަފުކުރުމުގެ ފުރުސަތު އޮތް މިނިސްޓަރު ފާހަގަކުރެއްވި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް